އޮފީހުގެ ކޮމެޓީތަކާއި ބެހޭ މަޢުލޫމާތު

 

ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ

އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރ.އެމް.ޑީ) އަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޛުކުރުމަށާއި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ޒަމާނީ ސިވިލް ސަރވިސްއެއް ޤާއިމްކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށާއި ޕަރމަނަންޓް ސެކްރެޓާރީއަށް އެހީތެރިވެދިނުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.

24 މާރޗް 2016 އިން ފެށިގެން މި އޮފީހުގެ އެޗް.އާރ.އެމް.ޑީ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

 • އަލްފާޟިލާ ސުލްޠާނާ ޝާކިރު، ޕަރމަނަންޓް ސެކްރެޓަރީ
 • އަލްއުސްތާޛާ އާމިނަތު ޒީނިޔާ، ޑެޕިއުޓީ ކައުންސެލް ޖެނެރަލް
 • އަލްފާޟިލާ ހަފީޒާ ޢަބްދުއްލަޠީފު، ޑިރެކްޓަރ
 • އަލްފާޟިލް އިބްރާހިމް ރިޔާޟް، ޑިރެކްޓަރ
 • އަލްއުސްތާޛާ ޝަހީމާ ސަލީމް، ސީނިއަރ ސްޓޭޓް އެޓަރނީ
 • އަލްފާޟިލާ ނަސީމާ ޝަފީޤް، އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ބިޑް ކޮމިޓީ

އޮފީހުގެ ބިޑް ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން، އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށްޓަކައި ހުށަހަޅާ އަންދާސީހިސާބުތައް ބަލާ، މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅުމަށް އެކުލަވާލާފައިވާ އަންދާސީހިސާބު ބަލާ ކޮމިޓީއެވެ.

29 މޭ 2018 އިން ފެށިގެން މި އޮފީހުގެ ބިޑް ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

 • އަލްފާޟިލް އަޙްމަދު ޝާކިރު މޫސާ، އެގްޒެކެޓިވް ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން އަދި މާލީ ޒިންމާދާރުވެރިޔާ
 • އަލްއުސްތާޛް ޢަލީ ޝުހައިލް މުޙައްމަދު، ސީނިއަރ ސްޓޭޓް އެޓަރނީ
 • އަލްފާޟިލާ ސަލްވާ ޙުސައިން، އެސިސްޓަންޓް ޑިރެކްޓަރ
 • އަލްއުސްތާޛް އީމާން މުޙައްމަދު ރަޝީދު، ސްޓޭޓް އެޓަރނީ
 • އަލްފާޟިލް މުޙައްމަދު އަޙްމަދު، އެސިސްޓަންޓް އެކައުންޓްސް އޮފިސަރ
 • އަލްފާޟިލް މުޙައްމަދު އަޒްމީލް އައްބާސް، އެސިސްޓަންޓް ކޮމްޕިޔުޓަރ ޕްރޮގްރާމަރ
 • އަލްފާޟިލާ އަރީޝާ ޙުސައިން، އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޤާނޫނު ނަންބަރު 2014/16 ގެ ދަށުން އޮފީހަށް ހުށަހަޅާ ޝަކުވާ ބަލާ ކޮމިޓީ

މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން، ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙުޤީޤްކުރުމަށާއި ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެވެ.

10 ނޮވެންބަރ 2014 އިން ފެށިގެން މި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

 • އަލްފާޟިލް އަޙްމަދު ޝާކިރު މޫސާ، އެގްޒެކެޓިވް ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން (ޗެއަރޕަރސަން)
 • އަލްއުސްތާޛާ އާމިނަތު ޒީނިޔާ، ޑެޕިއުޓީ ކައުންސެލް ޖެނެރަލް
 • އަލްފާޟިލާ ސަލްވާ ޙުސައިން، އެސިސްޓަންޓް ޑިރެކްޓަރ

މި ޤާނޫނުގެ ދަށުން، ކޮމިޓީއަށް ޝަކުވާ ހުށަހަޅާނީ ލިޔުމުން ނުވަތަ "އެޓަރނީ ޖެނެރަލްގެ އޮފީހަށް ޢާންމުން ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށެވެ. އަދި ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތައް އެންމެ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަސް ތެރޭގައި ބަލައި ނިންމާނެއެވެ.

ކޮމިޓީއާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ އޮފީހުގެ ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ ޔުނިޓުގެ ނަންބަރު 3010194 ފޯނާއެވެ. މި ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅުއްވާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ personnel@agoffice.gov.mv  އީމެއިލް އަށެވެ.

ޤާނޫނު ނަންބަރު 2016/18 ގެ ދަށުން އޮފީހަށް ހުށަހަޅާ ޝަކުވާ ބަލާ ކޮމިޓީ

މިކޮމެޓީއަކީ ޤާނޫން ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫން) ގެ ދަށުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމެޓީއެވެ.

މި ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

 • އަލްއުސްތާޛް މުޙައްމަދު ޒާހިދު، ޕްރިންސިޕަލް ކައުންސެލް
 • އަލްއުސްތާޛާ ފާޠިމަތު ޙަލީމް، ކައުންސެލް ޖެނެރަލް
 • އަލްއުސްތާޛާ ޢާއިޝާ ނަޢީމް، ކައުންސެލް  ޖެނެރަލް
 • އަލްފާޟިލް އިބްރާހީމް ރީޔާޞް، ޑިރެކްޓަ
 • އަލްފާޟިލާ އާމިނަތު ޙަބީބާ،ޑިރެކްޓަރ

މި ޤާނޫންގެ ދަށުން ޝަކުވާ ހުށަހަޅާނީ އެކަމަށް ޙާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް، ބަންދު ސިޓީ އުރައެއްގައި “ޖެންޑަރ އީކުއަލިޓީ ޤާނޫންގެ ދަށުން ހުށަހަޅާ ޝަކުވާ ބަލާ ކޮމެޓީ” އަށް އެޑްރެސްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް complaints@agoffice.gov.mv އީމެއިލް އެޑްރަހަށެވެ.

ޝަކުވާ ހުށަހަޅާ ފޯމް މި ލިންކް   ލިބިވަޑައިގަންނަވާނެއެވެ. ކޮމެޓީއަށް ހުށަހޭޅެ ޝަކުވާތައް ގިނަވެގެން 30 (ތިރީސް) ދުވަސް ތެރޭގައި ބަލައި ނިންމާނެއެވެ.

ޖެންޑަރ އީކުއަލިޓީގެ ޤާނޫންގެ ދަށުން އޮފީހަށް ޝަކުވާ ހުށަހެޅުމާ ގުޅޭ ގޮތުން މަޢުލީމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އޮފީހުގެ ކޯޕަރޭޓް އެފައާޒް ޔުނިޓުގެ ނަންބަރު 3010155 ފޯނާއެވެ.

ޤާނޫނު ނަންބަރު 2014/01 ގެ ދަށުން އެކުލަވާލާފައިވާ މުރާޖަޢާ ކޮމިޓީ

މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، އޮފީހުގެ އިންފޮމޭޝަން އޮފިސަރުންގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ބަލައި މުރާޖަޢާކުރުމަށް މި އޮފީހުގައި އެކުލަވާލާފައިވާ މުރާޖަޢާ ކޮމިޓީއެވެ.

25 އޮކްޓޫބަރ 2015 އިން ފެށިގެން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

·    އަލްއުސްތާޛް އަޙްމަދު އުޝާމް، ޑެޕިއުޓީ އެޓަރނީ ޖެނެރަލް

·    އަލްފާޟިލާ ސުލްޠާނާ ޝާކިރު، ޕަރމަނަންޓް ސެކްރެޓަރީ

·    އަލްއުސްތާޛާ ފާޠިމަތު ޙަލީމް، ކައުންސެލް ޖެނެރަލް

 މި ޤާނޫނުގެ ދަށުން، އޮފީހުގެ އިންފޮމޭޝަން އޮފިސަރުންގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން، އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖަޢާކޮށްދިނުމަށް އެދި ލިޔުމުން އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހެޅޭ ޝަކުވާ އާންމު އުޞޫލުން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުރާޖަޢާ ކޮމިޓީން ބަލައި ނިންމާނެއެވެ.

  މި ޤާނޫނުގެ ދަށުން މުރާޖަޢާ ކޮމިޓީއަށް ޝަކުވާ ހުށަހަޅުއްވާނީ ލިޔުމުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ info@agoffice.gov.mv  އީމެއިލް އަށެވެ. އަދި މުރާޖަޢާ ކޮމިޓީގެ މެންބަރުންނާ ގުޅުއްވުމަށް ނުވަތަ އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ގުޅުއްވާނީ އޮފީހުގެ އޮފީސް މެނޭޖްމަންޓް ސެކްޝަންގެ ނަންބަރު 3010155 ފޯނަށެވެ.  

 

ކްލެމެންސީ ބޯޑު

ކްލެމެންސީ ބޯޑަކީ ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ބޯޑެކެވެ. އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) މި މާއްދާގެ (ހ) ގެ ދަށުން، ބޯޑުގެ ރައީސްއަކީ އެޓަރނީ ޖެނެރަލްއެވެ.

11 އެޕްރީލް 2017 އިން ފެށިގެން ކްލެމެންސީ ބޯޑުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ފަރާތްތަކަކީ:

އަލްއުސްތާޛް މުޙައްމަދު އަނިލް (ރައީސް) އެޓަރނީ ޖެނެރަލް
އަލްފާޟިލް ޢަބްދުއްލަޠީފު އަޙްމަދު (ނައިބު ރައީސް) މަދަނީ ޖަމްޢިއްޔާގެ ފަރާތުން (ފުލްޓައިމް)
އަލްއުސްތާޛް މުޙައްމަދު ޝާކިރު ޤާނޫނީ ދާއިރާގެ ފަރާތުން (ފުލްޓައިމް)
އަލްފާޟިލް ޙާމިދު އަބޫބަކުރު ތަޢުލީމީ ދާއިރާގެ ފަރާތުން
އަލްފާޟިލާ ރިޝްމާ ނަސީމް އިޖްތިމާޢީ ދާއިރާގެ ފަރާތުން (ފުލްޓައިމް)
ޑޮކްޓަރ މުޙައްމަދު ޝާފިޢީ ޢަބްދުލްމުންޢިމް (އޭޑީކޭ ހޮސްޕިޓަލް) ޞިއްޙީ ދާއިރާގެ ފަރާތުން
އައްޝައިޚު އިބްރާހީމް އަޙްމަދު

(މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)

ދީނީ ޢިލްމުގެ ދާއިރާގެ ފަރާތުން
އަލްފާޟިލް އިބްރާހީމް މުޙައްމަދުދީދީ ޕެރޯލް ބޯޑުގެ ފަރާތުން
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ފުލުހުންގެ ދާއިރާގެ ފަރާތުން
އަލްއުސްތާޛް އިބްރާހީމް ޒާހިދު ޝަރުޢީ ދާއިރާގެ ފަރާތުން
އަފްލާޟިލް ޖަޢުފަރު ދާއޫދު (އުނގޫފާރު ދާއިރާގެ މެންބަރު) ރައްޔިތުންގެ މަޖިލީހުގެ ފަރާތުން

މި ޤާނޫނުގެ ދަށުން، މަޢާފުދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހައަށެވެ.

ކްލެމެންސީއާ ގުޅުންހުރި ކަންކަމުގައި މަޢުލޫމާތު ފޯރުކޮށްދޭނީ ހަމައެކަނި ލިޔުމުން އެދި ހުށަހަޅާ ހުށަހެޅުންތަކަށެވެ. މިގޮތަށް ލިޔުމުން ހުށަހަޅުއްވާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ info@clemencyboard.gov.mv  އީމެއިލް އެޑްރެސްއަށެވެ.