މި އޮފީހުގެ ކްލަޔަންޓް ޗާޓަރއެއް އެކުލަވާލުމުގެ މަޤްޞަދަކީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، އިތުބާރާ ޔަގީންކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ޕްރޮފެޝަނަލް (އިތުބާރު ހިފޭ ފަދަ ހަރުދަނާ) ގޮތެއްގައި ފޯރުކޮށްދިނުމެވެ.

އެގޮތުން މި އޮފީހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާ މައިގަނޑު އުސޫލުތަކަކީ:

  • ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތުކުރުން
  • ރަސްމީ މަސައްކަތު ގަޑީގައި އޮފީހަށް އަންނަ ހުރިހާ ފޯނު ކޯލުތަކަށް ޖަވާބުދާރީވުން
  • އޮފީހަށް ލިބޭ ސިޓީތަކާއި، އީ-މެއިލްތަކާއި އެހެނިހެން ލިޔުންތަކަށް އެ ލިޔުމެއް ލިބޭތާ ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުން
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް، އެފޯމް ހުށަހަޅާތާ 21 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުން
  • ޤާނޫނީ ކަންކަމާގުޅޭގޮތުން ފޮނުވާ ސިޓީތައް ލިބޭތާ ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި އެ ސިޓީއަށް ޖަވާބުދާރީވާނެ ނުވަތަ އެމަސައްކަތާ ހަވާލުވާނެ ބޭފުޅަކު ހަމަޖެއްސުން
  • މައްސަލަ ހަވާލުކުރެވޭ ބޭފުޅެއްގެ މަޢުލޫމާތު ގަވާއިދުން މުވައްކިލަށް ދެވޭކަން ޔަގީންކުރުން
  • މައްސަލަ ހިނގަމުންދާގޮތާއި މައްސަލަ ގޮސްފައިވާ ހިސާބުގެ ތަފްސީލު ގަވާއިދުން މުވައްކިލަށް އަންގަމުން ގެންދިއުން.
  • މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް ކުރެވެންހުރި ކަންތައްތަކާގުޅޭގޮތުން މުވައްކިލާ މަޝްވަރާކުރުން.

އޮފީހުގެ ކްލަޔަންޓް ޗާޓަރ މި ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.