ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަންޑާރަ ނައިބުގެ މަޤާމަށް އަލްއުސްތާޛް އިބްރާހީމް ރިފްއަތު

އައްޔަންކުރައްވާފައިވަނީ 17 ނޮވެންބަރު 2018 ގައެވެ.

ބަންޑާރަނައިބަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާދޭ މީހާއެވެ. ބަންޑާރަނައިބު ޢައްޔަންކުރައްވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަމާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.

ބަންޑާރަނައިބަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް މައިގަނޑު 5 ބަޔަކަށް ބެހިފައިވެއެވެ. އެއީ:

    • ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ޤާނޫނީ ލަފަޔާއި މަޝްވަރާ ދިނުން.
    • އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރުމަށް ހަމަޖެހިފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި ޤާނޫނުއަސާސީންނާއި ޤާނޫނުން ބަންޑާރަނައިބު އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
    • ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން.
    • ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް މަސައްކަތްކުރުން.
  • ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުން.

ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އޭނާ ތަބާވާނީ ހަމައެކަނި ޤާނޫނުއަސާސީއަށާއި ޤާނޫނަށެވެ. އެއިންކަމެއްގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް އޭނާގެ މައްޗަކަށް ނުހިންގޭނެއެވެ.