މަޢުލޫމާތަށް އެދުމުގައި ޢަމަލުކުރަންވީގޮތް

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ޒަރިއްޔާއިން، އޮފީހުގެ އިންފޮމޭޝަން އޮފިސަރުންނަށެވެ.

މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ. އެހެންނަމަވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާއާއި  14 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިގެންވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ފޯމު މި ލިންކް އިން ލިބިވަޑައިގަންނަވާނެ.

އިންފޮމޭޝަން އޮފިސަރުން

ޤާނޫނީ މަސައްކަތާ ގުޅޭ އިދާރީ މަސައްކަތާ ގުޅޭ
 maasha azmeel-02282016084815-0001
މަޢާޝާ ލުޠުފީ އަސްމާ އިބްރާހީމް
 ސްޓޭޓް ކައުންސެލް ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
މޮބައިލް: 7798089 ފޯން: 3010140 މޮބައިލް:9966063 ފޯން: 3010197
އީ-މެއިލް: maasha@agoffice.gov.mv އީ-މެއިލް: asma@agoffice.gov.mv

މުރާޖަޢާ ކޮމިޓީ

މި ޤާނޫނުގެ ދަށުން ލިބޭ ހުށަހެޅުންތަކާ ގުޅިގެން އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަން އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި އެކަމުގެ ޝަކުވާ 30 ދުވަހުގެ ތެރޭގައި ލިޔުމުން އޮފީހުގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހެޅޭ ޝަކުވާ އާންމު އުޞޫލުން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުރާޖަޢާ ކޮމިޓީން ބަލައި ނިންމާނެއެވެ.

އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ފޮނުއްވާނީ info@agoffice.gov.mv  އެވެ.

މުރާޖަޢާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު މި ލިންކް އިން ލިބިވަޑައިގަންނަވާއެވެ.