ޤާނޫނީއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއް ޢައްޔަންކޮށްދިނުމުގެ މަސައްކަތަކީ 2009 ވަނަ އަހަރުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާ މަސައްކަތެކެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއް ޢައްޔަންކޮށްދިނުމުގެ ގަވާއިދު މި ލިންކް އިން ލިބިވަޑައިގަންނަވާނެ

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއް ޢައްޔަންކޮށްދިނުމުގެ އުޞޫލު މި ލިންކް އިން ލިބިވަޑައިގަންނަވާނެ.

ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމް މި ލިންކް އިން ލިބިވަޑައިގަންނަވާނެ.

މި މަސައްކަތާގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް އޮފީހުގެ ހިއުމަން ރައިޓްސް އެންޑް ލީގަލް އެއިޑް ސެކްޝަންގެ ނަންބަރު  3010126 ފޯނާ ގުޅުއްވާ ނުވަތަ legal.aid@agoffice.gov.mv  އަށް އީމެއިލް ކުރައްވާ.