ޚަބަރު

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޔޫރީ މެޓަރރިޓީ، އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލް ގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުވުން އޮތީ މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދާއިރާއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރެއްވިއެވެ.

———————————

23 ނޮވެންބަރު 2017