ޚަބަރު

ކުޑަކުދިން ރައްކާތެރިކުރުމާބެހޭ ނިޒާމު ދިރާސާކުރެއްވުމަށް ޔުނިސެފްގެ ފަރާތުން ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ޓީމުގެ ބޭފުޅުން އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މިބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އިތުރުން މިއޮފީހުގެ ފަރާތުން ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ޙައްވާ ޝަފީޢާ ރިޟާ ބައިވެރިވެވަޑައިގަންނަވައިފައިވެއެވެ. މި ބައްދަލުވުން އޮތީ މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

 

މި ބައްދަލުވުމުގައި، ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭގޮތުން ޤާނޫނީގޮތުން ގެނެވޭ ބަދަލުތައް ހިއްސާކުރެވުނެވެ.

———————————

11 އެޕްރީލް 2017