ޚަބަރު

މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޕާލިމެންޓްރީ ގްރޫޕްގެ ވަފުދު، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުވުން އޮތީ މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދާއިރާއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރެއްވިއެވެ.

                                                     

30 އޮކްޓޫބަރު 2017