ޚަބަރު

ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑުތައް ހާޞިލްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޙާލަތު ދެނެގަތުމަށްޓަކައި ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ މަރްޔަމް ޝުނާނާ ބައިވެރިވެވަޑައިގެންފައިވެއެވެ. މި މަޝްވަރާ ބައްދަލުވުންތަކަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. މާލޭގެ ސޯލްތް ކެފޭގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުންތައް ޚާއްސަކޮށްފައިވަނީ ދެމެހެއްޓެނެވި ތަރައްޤީގެ ލަނޑުދަނޑުތަކުގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާތަކަށެވެ.