ޚަބަރު

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ޖުލައި 28 އިން އޮގަސްޓް 16 އަށް ބޭއްވި “ސެމިނަރ އޮން ކެޕޭސިޓީ ބިލްޑިންގ އިން އެފްޓީއޭ އިމްޕްލިމެންޓޭޝަން ފޮރ މޯލްޑިވްސް” ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ އައިޝަތު މުޙައްމަދު އާއި ސްޓޭޓް އެޓަރނީ އަލްއުސްތާޛް އަޙްމަދު ނަޝާތު ބައިވެރިވެވަޑައިގެންފިއެވެ. މި ސެމިނަރއަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސްގެ ދަށުން ހިނގާ އެކަޑެމީ ފޮރ އިންޓަރނޭޝަނަލް ބިޒްނަސް އޮފިޝަލްސް އިން އިންތިޒާމްކުރި ސެމިނއަރއެކެވެ. އަދި މި ސެނިމަރގައި ޗައިނާގެ އިޤްތިޞާދީ ތަރައްޤީއާއި ސިޔާސަތު، ޚާއްސަގޮތެއްގައި ސްލިކް ރޯޑްއާބެހޭ މަޢުލޫމާތުތާއި މިނިވަން ވިޔަފާރީގެ ނިޒާމުތަކާއި މުޢާމަލާތުތަކާބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.