ޚަބަރު

  ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސަލެންސީ ވައިސް އެޑްމިރަލް ސައިދް ޚަވަރް ޢަލީ ޝާހް، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުވުން އޮތީ މިއަދު އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި، ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދާއިރާއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރެއްވިއެވެ.

                                             

15 މޭ 2017