ޚަބަރު

އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް އިސްލާމީ އާޤީދާއާގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ބާއްވައިފި

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ޚާއްޞަ ކުރައްވައިގެން ކުރިއަށް ގެންދަވާ އިސްލާމީޢަޤީދާއާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގެ ދަށުން މި އޮފީހުގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ދީނީ ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ޕްރޮގްރާމް ބާއްވާފައިވަނީ މިއަދު 13:00 ން 14:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

މި ޕްރޮގްރާމްގައި “އިސްލާމީޢަޤީދާ” މި މައުޟޫއާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސް އިމާމް އައްޝައިޚް ހައިޝަމް މުޙައްމަދެވެ. މި ޕްރޮގްރާމުގައި މި އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެވަފައިވެއެވެ.

                                                    

15 ފެބުރުވަރީ 2017