ޚަބަރު

އެމެރިކާގެ ހަވާއީގެ ވެރިރަށް ހޮނޮލޫލޫގައި ޖުލައި 13 އިން އޮގަސްޓް 10 ގެ ނިޔަލަށް ބޭއްވި “ކޮމްޕްރެހެންސިވް ސެކިއުރިޓީ ރެސްފޯންސް ޓު ޓެރަރިޒަމް” ޕްރޮގްރާމްގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސެލް އަލްއުސްތާޛާ ހާޒިފާ ޢަބްދުއްސައްތާރު ބައިވެރިވެވަޑައިގެންފިއެވެ. އެމެރިކާގެ އޭޝިއާ-ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒް (އޭޕީސީއެސްއެސް) އިން އިންތިޒާމްކޮށްގެން ހިންގި މި ޕްރޮގްރާމްގައި 45 ޤައުމަކާއި ބައިނަލްއަޤްވާމީ ދެ ޖަމްމިއްޔާއަކުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަކީ އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގެ ޤައުމުތަކަށް އަމާޒުކޮށްގެން މި ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމަށް ކޮންމެ އަހަރަކު އެއް ފަހަރު އޭޕީސީއެސްއެސްއިން ބާއްވާ ޕްރޮގްރާމްއެކެވެ.