ދިވެހިރާއްޖޭގެ އެކިއެކި ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، އެކަމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް މި އޮފީހުން އިންތިޒާމްކޮށްދެއެވެ.

މިކަމާގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެދި ހުށަހަޅާ ހުށަހެޅުންތައް މި އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރގެ އީމެއިލް lsrc@agoffice.gov.mv  އަށް ފޮނުއްވައިދެއްވުން އެދެމެވެ.