ނޫސްބަޔާން

އެއްވެސް ޤާނޫނީ ވަކީލެއްގެ ހުއްދަ ބާޠިލުނުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު ބަދަލުކުރުމަށް ނިންމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯ ތަންފީޛުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޤާނޫނީ ޚިދުމަތުގެ ބިލާ ގުޅިގެން ވަކީލުންނާއި ޢާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލައި، ސަޢޫދީ ޢަރަބިއްޔާއާއި އެނޫންވެސް އިސްލާމީ ޤައުމުތަކުގައި ޤާނޫނީ ވަކީލުންގެ ކަންކަން ތަންޒީމުކުރަމުންދާ ޤާނޫނުތައް ދިރާސާކުރުމުގެ މަސައްކަތް މިހާރުވަނީ ކޮށްނިމިފައެވެ. އަދި އެ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޤާނޫނީ ޚިދުމަތުގެ ބިލު ފާސްވާއިރު، ހަމައެކަނި ޝަރީޢާ އިސްލާމިއްޔާ ކިޔަވާފައިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ދިވެހިރާއްޖޭގައި މިހާރު ވަކާލާތުކުރުމުގެ ހުއްދައޮތް އެންމެހައި ފަރާތްތަކުގެ ހުއްދަ، އިތުރު ކަމެއް ފުރިހަމަކުރުމަކާ ނުލައި ދެމިއޮންނާނެ ގޮތަށް ބުނެވިދިޔަ ބިލަށް އިޞްލާޙު ހުށަހެޅުމަށް ބަންޑާރަނައިބު ނިންމަވާފައިވާކަމުގައި ދަންނަވަމެވެ.

                                     

6 ޑިސެންބަރު 2018