ނަންބަރު: IUL 32-A2-PR/1/2018/67

އިޢުލާން

މި އޮފީހަށް އައިޓީ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

                 މި އޮފީހުގެ މަސައްކަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހަރުދަނާކޮށް މިކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށާއި އޮފީހުން ބަލަހައްޓާ ވެބްސައިޓްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރ) އާއި މަޢުލޫމާތު ޝީޓް މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބެނޭއެވެ.

                 މި މަސައްކަތަށް ހޮވޭ ފަރާތަކުން މަސައްކަތްކުރަންޖެހޭނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. މަސައްކަތުގެ މުއްދަތަކީ މީލާދީ 6 (ހައެއް) މަސް ދުވަހާއި 1 (އެކެއް) އަހަރު ދުވަހެވެ. އަދި މަސައްކަތުގެ މުއްދަތު އިތުރުކުރަންޖެހޭ ޙާލަތެއް ދިމާވެއްޖެނަމަ 1 (އެކެއް) އަހަރު ދުވަހަށް ވުރެ އިތުރު ކުރެވިދާނެއެވެ.

                 ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެންބަރު 27 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި “އެކްސްޕްރެޝަން އޮފް އިންޓްރެސް” އާއި މަޢުލޫމާތު ޝީޓުގައި ބަޔާންކުރާ އެންމެހައި ލިޔުންތައް މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

               މި އިޢުލާނާއި މަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން  14:00އާ ދެމެދު 7947772 ނުވަތަ 7746377 ނަންބަރަށެވެ.

 

ޓަރމްސް އޮފް ރިފަރެންސް

މަޢުލޫމާތު ކަރުދާސް

13 ރަބީޢުލްއާޚިރު  1439

20  ޑިސެންބަރު  2018