ދިވެހި ރައްޔިތަކަށްވުމަށް އެދޭ ބިދޭންސީންނަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މަޢުލޫމާތު އެނގޭ މިންވަރު ބެލުމަށްޓަކައި އެ ފަރާތްތަކަށް އިމްތިޙާންކުރަނީ މި އޮފީހުންނެވެ. މިގޮތަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ހުށަހަޅާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ info@agoffice.gov.mv  އީމެއިލް އެޑްރެސް އަށެވެ.

ދިވެހި ރައްޔިތަކަށްވުމަށް އެދޭ ބިދޭންސީންނަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މަޢުލޫމާތު އެނގޭ މިންވަރު ބެލުމަށްޓަކައި އެކަމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އެޕްލިކޭޝަން ފޯމާއެކު އަންނަނިވި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

މިކަމާގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ނަންބަރު 3010100 އަށް ގުޅުއްވުން އެދެމެވެ.