ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 އަދި ޤާނޫނުއަސާސީގެ އިނގިރޭސި ތަރުޖަމާ، ކޮންމެ ފޮތެއް -/50 (ފަންސާސް) ރުފިޔާގެ ރޭޓުން، މި އޮފީހުން ދޫކުރެއެވެ. އަދި ސަރުކާރުގެ އޮފީސްތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް ބިލުކުރާ ގޮތަށް މިފޮތް ވިއްކާގޮތަށްވެސް  ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮޓޯކޮޕީ ބޭނުންވާ ފަރާތްތަކަށް، ފޮޓޯކޮޕީ ހަދާ ކޮންމެ ޞަފްޙާއަކަށް -/1 (އެކެއް) ރުފިޔާގެ ރޭޓުން، މި އޮފީހުން ދޫކުރާ ގޮތަށް ހަމަޖެހިފައިވެއެވެ.

ޤާނޫނުއަސާސީ ފޮތް ގަތުމަށާއި ޤާނޫނުތަކުގެ ފޮޓޯކޮޕީ ނެގުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމް މި ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އެކިއެކި ޤާނޫނުތަކާއި ގަވާއިދުތަކުގެ ކޮޕީ މި އޮފީހުގެ ވެބްސައިން www.mvlaw.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިކަމާގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ނަންބަރު 3010100 އަށް ގުޅުއްވުން ނުވަތަ info@agoffice.gov.mv  އަށް އީމެއިލްކުރެއްވުން އެދެމެވެ.