ނަންބަރު:IUL32-A2-PR/1/2019/50

އިޢުލާން

މި އޮފީހަށް 09 (ނުވައެއް) ހެވީލޯޑް ސްކޭނަރ ގަންނަން ބޭނުންވެއްޖެ

މި އޮފީހަށް 09 (ނުވައެއް) ހެވީލޯޑް ސްކޭނަރ ގަންނަން ބޭނުންވެގެން 13 މެއި 2019 ވަނަ ދުވަހު  ކުރެވުނު ނަންބަރު (IUL)32-A2-PR/1/2019/37 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

13 ޝައްވާލް  1440

16 ޖޫން    2019