ނަންބަރު: IUL 32-A2-PR/1/2019/76

 

އިޢުލާން

 

ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު އިވޭލުއޭޓްކުރުމުގެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދައުލަތާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމަށްޓަކައި ރަޢީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެޓްލްމަންޓް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، ގިނަވެގެން 3 (ތިނެއް) އޮޑިޓް ފަރމެއް ޢައްޔަންކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ “ޓަރމްސް އޮފް ރިފަރެންސް” ގައި އެވަނީއެވެ. އަދި މި “ޓަރމްސް އޮފް ރިފަރެންސް” އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.

މި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ އޮޑިޓް ފަރމްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި މަސައްކަތާބެހޭ މަޢުލޫމާތު ސެޝަން 4 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010142 ފޯނާ ގުޅުއްވުން އެދެމެވެ.

Terms of Reference for audit firm_settlement Committe 28.10.19

29 ޞަފަރު    1441

28 އޮކްޓޫބަރު 2019