ޚަބަރު

ކޮވިޑް-19 ޕެންޑެމިކްއަށްފަހު، އެޓަރނީ ޖެނަރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން އޮންލައިންކޮށް މިހާތަނަށް 8 ޓެރެއިނިންގ ސެޝަނެއް ބާއްވައިފިއެވެ.

މި ޓްރެއިނިންގ ސެޝަންތަކުގެ ބޭނުމަކީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް މި އޮފީހުގެ ޤާނޫނީ ވަކީލުން އަހުލުވެރިކޮށް، ޤާބިލުކަން އިތުރު ކުރުމަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ސެޝަންގައި އަލިއަޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 އަދި 2014/SC-A/30 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާއި، ފާޅުކަންބޮޑު ޣައިރު ސުލޫކު، މި މައުޟޫއަށެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތަކަކީ ސިލްސިލާކޮށް، ކުރިއަށްގެންދާނެ ޕްރޮގްރާމްތަކެކެވެ.