ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ކޮމިޓީއަށް އެޓަރނީ ޖެނަރަލްގެ އޮފީހުން މައުލޫމާތު އަރުވައިފި

މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަބް ކޮމިޓީއިން އިއްޔެ އެ ބިލާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވެ، އެ ކޮމިޓީއަށް ބިލާގުޅޭ މަޢުލޫމާތު އަރުވައިފިއެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދައި އިޞްލާޙުކުރަން ހުށަހަޅާ ކަންކަމާމެދު މަޝްވަރާކުރުމެވެ.

އިއްޔެ ބޭއްވުނު ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިތުރުން، ދައުލަތުގެކަމާބެހޭ އެހެން އިދާރާތަކުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ބައެއް އަމިއްލަ ފަރާތްތަކުން ބައިވެރިވިއެވެ.