ޚަބަރު

 ދިވެހި ބަހުގެ ހަމަތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން “ދިވެހި ބަހުން މުވާޞަލާތުކުރުމާއި، ވާހަކަ ދެއްކުމުގެ ހަމަތަކާއި، ޢިބާރާތްކުރުމުގެ ހަމަތައް ހިމެނޭ ގޮތަށް އޮންލައިންކޮށް ބޭއްވި ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 10 ދުވަހަށް ބަހާލައިގެން ކޮންމެ ދުވަހަކަށް 2 ގަޑިއިރުގެ ސެޝަންތަކެއްގެ ގޮތުގައި، ޖުމްލަ 20 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއްގެ ގޮތުގައެވެ.

މި ތަމްރީން ޕްރޮގްރާމް ނަންގަވައި ދެއްވާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ދާރެސް، ޢަބުދުﷲ ޖަމީލުއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި 15 އިދާރީ މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވެއެވެ.  އަދި މި 15 ބައިވެރިންނަށް ތަމްރީމް ޕްރޮގްރާމް ފުރިހަމަކޮށްފައިވާތީ ހަނދާނީ ލިޔުން އެރުވިފައިވެއެވެ.  އަދި، މި ތަމްރީނު ޕްރޮގްރާމް ނަންގަވައިދެއްވާފައިވާތީ، ދާރެސް ޢަބްދުﷲ ޖަމީލްއަށް ހަނދާނީ ލިޔުން އެރުވިފައިވެއެވެ.