ނަންބަރު:IUL 32-HRD/1/2020/20

 

އިޢުލާން

 ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލީގަލް އެއިޑް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނެ 3 (ތިނެއް) ޤާނޫނީ ވަކީލުން ޢައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ “ޓަރމްސް އޮފް ރިފަރެންސް” ގައި އެވަނީއެވެ. އަދި މި “ޓަރމްސް އޮފް ރިފަރެންސް” އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، މި އިޢުލާނާއެކު ހިމަނާފައިވާ “ޓަރމްސް އޮފް ރިފަރެންސް” ގައި ބަޔާންކުރާ ލިޔެކިޔުންތައް 10 ޖޫން 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން legal.aid@agoffice.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް legal.aid@agoffice.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

08 ޝައްވާލް 1441

31 މޭ     2020

Legal Aid Consultancy TOR