ކްލެމެންސީ ބޯޑަކީ ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ބޯޑެކެވެ. އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) މި މާއްދާގެ (ހ) ގެ ދަށުން، ބޯޑުގެ ރައީސްއަކީ އެޓަރނީ ޖެނެރަލްއެވެ. އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަނުންނެވެ.

އާންމު އުޞޫލެއްގެ ގޮތުން ކްލެމެންސީއާ ގުޅުންހުރި ކަންކަމުގައި މަޢުލޫމާތު ފޯރުކޮށްދޭނީ ހަމައެކަނި އެ މަޢުލޫމާތެއް ހޯދުމަށް އެދި ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށެވެ.

ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) އާއި ކްލެމެންސީ ބޯޑުގެ ގަވާއިދު މި ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.