ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި އޮފީހުގެ މަސައްކަތްތައް ދަސްކުރަން ޝަޢުޤުވެރިވާ ދަރިވަރުންނާއި ދާއިރާގައި ތަޖުރިބާ ހޯދަން ޝަޢުޤުވެރިވާ ދަރިވަރުންނަށް މި އޮފީހުގައި އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މީގެ އިތުރުން އޮފީހުގެ އާންމު އިދާރީ މަސައްކަތްތައް ދަސްކުރުމަށް ޝައުޤުވެރިވާ ދަރިވަރުންނަށްވެސް މި އޮފީހުގައި އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ދަރިވަރުން އަންނަނިވި މަޢުލޫމާތުތަކާއެކު އޮފީހަށް ސިޓީއަކުން ނުވަތަ އީމެއިލްއިން ހުށަހަޅަންވާނެއެވެ.

  • އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރަން އެދޭ ތާރީޚާއި މުއްދަތު
  • އިންޓަރންޝިޕަށް އެދޭ ދަރިވަރުގެ ވަނަވަރު
  • އިންޓަރންޝިޕަށް އެދޭ ދަރިވަރުގެ އައިޑީކާޑުގެ ކޮޕީ

މިގޮތަށް ހުށަހަޅާ ފަރާތްތަކަށް، އޮފީހުގެ މަސައްކަތްތަކާއި ޖާގައަށް ބަލައި، އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. އަދި އޮފީހުގެ އިންޓަރންއެއްގެ ގޮތުގައި އެންމެ މަދުވެގެން 1 (އެކެއް) މަސް ދުވަހާއި 3 (ތިނެއް) މަސް ދުވަހުގެ މުއްދަތަކަށް މި އޮފީހުގައި މަސައްކަތްކުރެވިދާނެއެވެ.

އިންޓަރންޝިޕް ފުރުސަތުތަކާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އޮފީހުގެ ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ ޔުނިޓުގެ ނަންބަރު  3010194ފޯނަށް ގުޅުއްވުން ނުވަތަ personnel@agoffice.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.