ލީގަލް ސެކްޓަރ ރިސޯސް ސެންޓަރއަކީ، އިންސާނީ ޙައްޤުތަކާ ގުޅުންހުރި މުހިންމު ޤާނޫނުތަކާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމަށާއި، އާންމުން ހޭލުންތެރިކުރުވުމަށާއި ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޤާއިމްކޮށްފައިވާ ‘ވަރޗުއަލް’ ސެންޓަރއެކެވެ. މި ސެންޓަރއަކީ އެޓަރނީ ޖެނެރަލް އަލްއުސްތާޛްގެ އިސްނެންގެވުމުގެ ދަށުން 2014 ވަނަ އަހަރު މި އޮފީހުގައި ޤާއިމްކޮށްފައިވާ ސެންޓަރއެވެ.

މި ސެންޓަރ މެދުވެރިކޮށް އެކިއެކި ޤާނޫނުތަކާ ގުޅުންހުރި މަޢުލޫމާތު ސެޝަންތައް ވަނީ ހިންގާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަމާބެހޭ ދާއިރާތަކާއި ޤާނޫނީ ވަކީލުންނަށް ތަމްރީންކުރުމުގެ މަސައްކަތްތައް މިހާރު މި އޮފީހުން ދަނީ ކުރަމުންނެވެ.

މި ސެންޓަރ މެދުވެރިކޮށް ތަމްރީން ސެޝަންތައް ހިންގަން ބޭނުންވާނަމަ، ނުވަތަ ސެންޓަރގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ބޭނުންވާނަމަ، މި އޮފީހުގެ ނަންބަރު 3010126 ފޯނާ ގުޅުއްވުން ނުވަތަ lsrc@agoffice.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.