ޑެޕިޔުޓީ އެޓަރނީ ޖެނެރަލް، އަލްއުސްތާޛް އަޙްމަދު އުޝާމް


ޑެޕިޔުޓީ އެޓަރނީ ޖެނެރަލް، އަލްއުސްތާޛް އަޙްމަދު އުޝާމް، މަޤާމާ ޙަވާލުވެވަޑައިގަތީ 15 އޮގަސްޓު 2013 ގައެވެ.

ޑެޕިޔުޓީ އެޓަރނީ ޖެނެރަލް ޢައްޔަންކުރަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.

ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މައިގަނޑު ޒިންމާތަކަކީ، ދައުލަތުގެ ފަރާތުން ދަޢުވާކުރާ އަދި ދަޢުވާލިބޭ އެންމެހައި މަދަނީ މައްސަލަތަކުގައި، ބަންޑާރަނައިބުގެ ލަފަޔާއެކު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުންނަށް ދޭންޖެހޭ އިރުޝާދު ދިނުމާއި، ސިވިލް ލިޓިގޭޝަންއާ ގުޅޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ސަރުކާރުގެ ހިންގުން ހަލުއިކުރުމަށާއި، ސަރުކާރުގެ ސިޔާސަތު އެކުލެވޭ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ސަރުކާރުން ބަންޑާރަނައިބާ ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުމެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރުމަށް ހަމަޖެފައިވާ ޤާނޫނީ އެންމެހައި ވާޖިބުތަކާއި، ޤާނޫނުއަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުދިނުމެވެ.


ޕަރމަނަންޓް ސެކްރެޓަރީ، އަލްފާޟިލާ ސުލްޠާނާ ޝާކިރު


އެޓަsultana_1ރނީ ޖެނެރަލްގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީ، އަލްފާޟިލާ ސުލްޠާނާ ޝާކިރު، މަޤާމާ ޙަވާލުވެވަޑައިގަތީ 03 ޖޫން 2012 ގައެވެ.

ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަންކުރަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މައިގަނޑު ޒިންމާތަކަކީ، ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި، މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމާއި، މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުމެވެ. މީގެ އިތުރުން، ދާއިރާގެ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުމެވެ.


އެސިސްޓަންޓް އެޓަރނީ ޖެނެރަލް


mohamed-zahidއެސިސްޓަންޓް އެޓަރނީ ޖެނެރަލް، އަލްއުސްތާޛް އަޙްމަދު ހިޝާމް ވަޖީހު، މަޤާމާ ޙަވާލުވެވަޑައިގަތީ 21 ޖޫން 2017 ގައެވެ.

އެސިސްޓަންޓް އެޓަރނީ ޖެނެރަލް ޢައްޔަންކުރަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.
އެސިސްޓަންޓް އެޓަރނީ ޖެނެރަލްގެ މައިގަނޑު ޒިންމާތަކަކީ، ސަރުކާރުގެ އިންސާނީ ޙައްޤުތަކާބެހޭ ސިޔާސަތު ވިލަރެސްކުރުމާއި، ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މީގެ އިތުރުން، މަދަނީ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރުމާއި، ސަރުކާރަށް ޤާނޫނީ ލަފާދިނުމާއި، ޤާނޫނުގެ ވެރިކަން ނަގަހައްޓަވައި، ޙިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބަންޑާރަ ނައިބަށް އެހީތެރިވެދިނުން ހިމެނެއެވެ. އަދި ސަރުކާރުގެ ސިޔާސަތު އެކުލެވޭ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ސަރުކާރުން ބަންޑާރަނައިބާ ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުމާއި، ޤާނޫނުއަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުދިނުންވެސް އެސިސްޓަންޓް އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގައި ހިމެނެއެވެ.


ޕްރިންސިޕަލް ކައުންސެލް މުޙައްމަދު ޒާހިދު


ޕްރިންސިޕަmohamed-zahidލް ކައުންސެލް، އަލްއުސްތާޛް މުޙައްމަދު ޒާހިދު، މަޤާމާ ޙަވާލުވެވަޑައިގަތީ 11 އޮގަސްޓް 2016 ގައެވެ.

ޕްރިންސިޕަލް ކައުންސެލް ޢައްޔަންކުރަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.

ޕްރިންސިޕަލް ކައުންސެލްގެ މައިގަނޑު ޒިންމާތަކަކީ، ސިވިލް ލިޓިގޭޝަންއާ ގުޅޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ސަރުކާރުގެ ސިޔާސަތު އެކުލެވޭ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ސަރުކާރުން ބަންޑާރަނައިބާ ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުމާއި، ޤާނޫނުއަސާސީންނާއި ޤާނޫނުން އެޓަރނީ ޖެނެރަލް އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވުދިނުމެވެ.


އެގްޒެކެޓިވް، ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން، އަލްފާޟިލް އަޙްމަދު ޝާކިރު މޫސާ


އެގްޒެކެޓިވް، ފަAhmed Shakir Moosaއިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން، އަލްފާޟިލް އަޙްމަދު ޝާކިރު މޫސާ، މަޤާމާ ޙަވާލުވެވަޑައިގަތީ 29 ޖުލައި 2015 ގައެވެ.

އެގްޒެކެޓިވް، ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޢައްޔަންކުރަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.

އެގްޒެކެޓިވް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ މައިގަނޑު ޒިންމާތަކަކީ، އޮފީހުގެ މަލީ ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ މާލިއްޔާތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުގެ ފައިސާ އާއި ބަޖެޓާއި އެކައުންޓްތައް ބެލެހެއްޓުމާއި، އޮފީހުގެ ޕްރޮކިއުމަންޓް އެންމެހައި މަސައްކަތްތައް ބެލެހެއްޓުމެވެ. އަދި، އެޓަރނީ ޖެނެރަލް އާއި ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ ލަފާފުޅުގެ މަތިން އޮފީހުގެ އިދާރީ ހިންގުމުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމެވެ.


pdfއޮފީހުގެ ސީނިއަރ މެނޭޖްމަންޓް ކޮމިޓީ އާއި ޑިވިޜަންތަކުގެ ވެރިންގެ މަޢުލޫމާތު މި ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

އޮފީހުގެ މުވައްޒަފުންގެ ރަޖިސްޓަރީ މި ލިންކް އިން ލިބިވަޑައިގަންނަވާނެ.