Divisions

The divisions of the Attorney General's Office are teams that perform specialized tasks and responsibilities in various areas of the Maldivian legal system. These divisions provide legal advice to government agencies and institutions, draft laws, represent the state in courts, and work to find solutions to challenges in the legal field. To view information about the divisions, click on the division name.

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކަކީ، މަދަނީ އަދި ދުސްތޫރީ މައްސަލަތަކުގައި ދިވެހިރާއްޖެ އާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެންކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުމާއި، ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާންމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓަށް ހާޟިރުވެ ބަންޑާރަނައިބު ތަމްސީލްކުރުމެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ އާބިޓްރޭޝަން، ޑިސްޕިއުޓް ރިޒިލިއުޝަން އަދި މީޑިއޭޝަންގެ އެންމެހައި މައްސަލަތަކުގައި ރާއްޖެ ތަމްސީލްކުރުމުގެ މަސައްކަތްތައް ކުރާނީ މި ޑިވިޜަން އިންނެވެ.
executive-uza-fathimath-haleem

Uza. Fathimath Haleem

Counsel General

މި ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކަކީ، ސަރުކާރާއި އަދި ދައުލަތަށް ޤާނޫނީ ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި، ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، ދިވެހިރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާ ގުޅޭގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ދިނުމާއި، ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާ ދިނުމެވެ. އަދި ސަރުކާރުގެ އޮފީސްތަކުން އެކުލަވާލައި ގަވާއިދުތަކުގެ ދެލިކޮޕީތައް ބަލައި އެ ގަވާއިދުތަކަށް ޢަމަލުކުރަންފެށުމާއި ބެހޭގޮތުން ޤާނޫނީ ލަފާދިނުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމުގެ ކުރިން ޤާނޫނީ ލަފާ ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރާނީ މި ޑިވިޜަންއިންނެވެ.
executive-uza-aminath-zeeniya

Uza. Aminath Zeeniya

Counsel General

މި ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކަކީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލައި އެ އެޖެންޑާގެ ދަށުން ތައްޔާރުކުރަންޖެހޭ ބިލުތަކުގެ ޑްރާފްޓްކޮށް އެކުލަވާލުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލުމާއި، ޒަމާނާ ނުގުޅޭ ނުވަތަ ދިވެހިރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާގުޅިގެން ދިރާސާކުރުމެވެ. މީގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދައުލަތާ ގުޅުންހުރި އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑު ކަނޑައެޅުމާއި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގައި ޤާނޫނީ ޚިދުމަތް ދިނިމުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުން ތަބާވާންޖެހޭ ޚާއްޞަ މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރާނީ މި ޑިވިޜަނުންނެވެ.
executive-uza-aisha-naeem

Uza. Aisha Naeem

Counsel General

މި ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކަކީ، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ޤާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުމާއި، އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓް" ތައް ތައްޔާރުކުރުމާއި އެ ރިޕޯޓުތަކާ ގުޅިގެން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުމާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ބައިނަލްއަޤުވާމީ އިދާރާތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އިންސާނީ ޙައްޤުތަކާއިގުޅޭ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި އެއްބަސްވުންތައް ދިވެހިރާއްޖޭން ތަސްދީޤުކުރުމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް މަޝްވަރާއާއި ލަފާދިނުމާއި، އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤުތަކާއިބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުމެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުމާއި، ބައިނަލްއަޤްވާމީ ޤާނޫނާއި ދިވެހި ދައުލަތުން އުފުލަންޖެހޭ ބައިނަލްއަޤްވާމީ އިލްތިމާޒްތަކާ ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްބަސްވުންތައް ތަންފީޛުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ޤާނޫނީ ލަފާދިނުން ހިމެނެއެވެ.
executive-uza-faena-fayyaz

Uza. Faena Fayyaz

Senior State Counsel

އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެޑްމިނިސްޓްރޭޝަން، ބަޖެޓް އެންޑް ޕްރޮކިއުމަންޓް ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކަކީ އޮފީސް ހަރުދަނާ ކުރުމަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭންތައް ރާވާ އެކަށައަޅައި ހިންގުމާއި، އޮފީހުގެ އިދާރީ ހިންގުމާއި ފައިސާއާއި ބަޖެޓު ބެލެހެއްޓުމާއި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްއާ ގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމާއި ކްލެމެންސީ ބޯޑުގެ މަސައްކަތްތަށް އޮފީހުން ދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އޮފީހާއި ބެހޭ މަޢުލޫމާތުތައް ޢާންމު ފަރާތްތަކަށާއި މީޑިއާތަކާއި އަދިވެސް އެނޫން ފަރާތްތަކަށް ޙިއްސާކުރުމެވެ.
executive-mohamed-mifthah

Mohamed Mifthah

Director General

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ހިއުމަން ރިސޯސް، ބިއުރޯ އެންޑް މީޑިއާ ޑިވިޜަންގެ މައިގަނޑު މަސައްކަތްތަކަކީ މުވައްޒަފުންގެ ވަޒީފާއާއި ޓްރެއިނިންގ އާ ގުޅޭ މަސައްކަތްތައް ކުރުމާއި ބަންޑާރަނައިބުގެ ބިއުރޯގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމާއި އޮފީހާއި ބެހޭ މަޢުލޫމާތުތައް ޢާންމު ފަރާތްތަކަށާއި މީޑިއާތަކާއި އަދިވެސް އެނޫން ފަރާތްތަކަށް ޙިއްސާކުރުމުގެ މަސައްކަތްތަކެވެ.