ދިވެހިރާއްޖޭގެ ލީގަލް އެއިޑްގެ ނިޒާމާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން 11 އޮގަސްޓު 2021 ގައި 4 ވަނަ "ޕްރޯ ބޯނޯ ކޮންފަރެންސް އޮން ލީގަލް އެއިޑް" އަށް ހުށަހެޅި ޕްރެޒެންޓޭޝަން މި
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
ދައުލަތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދިނުމާ ގުޅޭ އާންމު މައުލޫމާތު
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
އ.ދ. ގެ ޓްރީޓީ ބޮޑީތަކާއި، އިންސާނީ ޙައްޤުތަކާގުޅޭ އ.ދ. ގެ އެކި ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރސްއާއި، ވަރކިންގ ގްރޫޕްތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރެކޮމެންޑޭޝަންތައް ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަތުމަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތްތަކާއި، އެ ރިޕޯޓުތަކާ ގުޅިގެން ކުރަންޖެހޭ ފޮލޯ-އަޕްގެ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް 5 ނޮވެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އޮފީހުގެ ހުށަހެޅުމުގެ މަތިން ދިވެހިރާއްޖޭގެ "ނޭޝަނަލް މެކޭނިޒަމް ފޮރ ރިޕޯޓިންގ އެންޑް ފޮލޯ-އަޕް" (އެން.އެމް.އާރު.އެފް.) ޤާއިމްކޮށްފައެވެ. އަދި މި ނިޒާމަށް އިމްޕްލިމެންޓޭޝަންގެ ފަންކްޝަން އިތުރުކޮށް، ދިވެހިރާއްޖޭގެ "ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯއަޕް" ގެ ގޮތުގައި 30 އޮކްޓޫބަރު 2022 ގައި މި ނިޒާމު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ރީސްޓްރަކްޗަރ ކުރެވިފައެވެ.
މި މެކޭނިޒަމްގެ ސެކްރެޓޭރިއަޓަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ. އަދި މި މެކޭނިޒަމްގެ ސްޓްރިއަރިންގ ކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒެވެ.
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މައިގަނޑު 9 (ނުވައެއް) މުޢާހަދާގެ ތެރެއިން 8 (އަށެއް) މުޢާހަދާ ދިވެހިރާއްޖެއިން މިހާރުވަނީ ތަޞްދީޤުކޮށްފައެވެ.
- މުޢާހަދާ
- 5 – 12 ވަނަ ޕީރިއޮޑިކް ރިޕޯޓް
- 13 – 15 ވަނަ ޕީރިއޮޑިކް ރިޕޯޓް
- 5 – 12 ވަނަ ޕީރިއޮޑިކް ރިޕޯޓުގެ ކޮންކްލޫޑިންގ އޮބްޒަވޭޝަންސް
- 3 - 4 ވަނަ ޕީރިއޮޑިކް ރިޕޯޓުގެ ކޮންކްލޫޑިންގ އޮބްޒަވޭޝަންސް
ޔޫ.ޕީ.އާރް އަކީ އ.ދ. ގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރުމުގެ ގޮތުން އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލް އިން ކުރިއަށް ގެންދާ ރިވިޔުއެކެވެ.
ޔޫ.ޕީ.އާރް. ޕްރޮސެސްގެ ސަބަބުން ގައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިޢުލާން ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މި ފިޔަވަޅުތަކަށް ތަޢުރީފުކޮށް، އިންސާނީ ޙައްޤުތަކުގެ ވާޖިބުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ބިނާކުރަނިވި ލަފާ ދިނުމުގެ ފުރުސަތު އެކުވެރި މެމްބަރު ޤައުމުތަކަށް ލިބިގެންދެއެވެ. މި މެކޭނިޒަމް ފަރުމާކޮށްފައިވަނީ، ހުރިހާ ޤައުމެއްގައި ވެސް އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމުގެ މަޤުސަދުގައެވެ.
ދިވެހިރާއްޖެއިން ވަނީ މިހާތަނަށް 3 ފަހަރުމަތިން ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ބައިވެރިވެފައިއެވެ.
"ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުން" މި ކަރުދާސް މި
ލިންކް ލިބިވަޑައިގަންނަވާނެއެވެ
މަދަނީ އިޖުރާއަތުގެ ބިލު އަދި ކަމާގުޅޭ ލިޔުންތައް މި
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވަރކް މި
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނު މި
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލުގެ ޚުލާސާ މި
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާ ގުޅޭ މަޢުލޫމާތު ތިރީގައިވާ ވީޑިއޯތަކުން ލިބިވަޑައިގަންނަވާނެއެވެ: