މުރާޖާޢާ ކޮމެޓީ

މުރާޖަޢާ ކޮމިޓީ
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަން އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން އެކަމުގެ ޝަކުވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން މި އޮފީހުގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ. އާންމު އުސޫލެއްގެ ގޮތުން، މިގޮތަށް ހުށަހެޅޭ ޝަކުވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޓީން ބަލައި ނިންމަންވާނެއެވެ.
އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ފޮނުއްވާނީ [email protected] އަށެވެ.
މި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
  1. ޑެޕިއުޓީ ޗީފް ކައުންސެލް އަލްއުސްތާޛް ޢަލީ ޝުހައިލް މުޙައްމަދު
  2. ޑެޕިއުޓީ ޗީފް ކައުންސެލް އަލްއުސްތާޛާ މަރްޔަމް ޝާނީ
  3. ޑިރެކްޓަރ ޖެނެރަލް، ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް އަލްފާޟިލް މުޙައްމަދު މިފްތާޚް