ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން
ހަމަޖައްސައިދެނީ މި އޮފީހުންނެވެ.
އަދި ހަމައެއާއެކު، ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް މި އޮފީހުންނެވެ.
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދަނީ ގަވާއިދު ނަންބަރު: 2021/R-4 (
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ކުށުގެ ތުހުމަތުކުރެވޭ މީހާގެ އިތުރުން، އަންނަނިވި ފަރާތްތަކަށް ފޯމު ހުށަހެޅިދާނެއެވެ.
ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ އިތުރުން، އަންނަނިވި ފަރާތްތަކަށް ފޯމު ހުށަހެޅިދާނެއެވެ.
ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތަކާއެކު ފޯމު ހުށަހަޅާނީ ބަންޑާރަނައިބުގެ އޮފީހަށް ނުވަތަ އީމެއިލްގެ ޒަރީޢާއިން
[email protected] އަށެވެ.