ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި
ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ
ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގެ
ޒަރިއްޔާއިން، އޮފީހުގެ އިންފޮމޭޝަން އޮފިސަރުންނަށެވެ.
މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ
ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ.
އެހެންނަމަވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބަކަށްޓަކައި، އެ މުއްދަތު އިތުރު 14 (ސާދަ) ދުވަހަށް ބަންޑާރަނައިބުގެ އޮފީހަށް އިތުރުކުރެވިދާނެއެވެ. އަދި އެ ޤާނޫނުގެ 13 ވަނަ
މާއްދާއާއި 14 ވަނަ މާއްދާގައި ބަޔާންކުރާ
ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެ ޤާނޫނުގެ ހަތްވަނަ ބާބުގައި
ބަޔާންކުރާފަދަ ޙާލަތެއްގައި، މަޢުލޫމާތު
ދިނުން ފަސްކުރުން ނުވަތަ އިންކާރުކުރުމުގެ އިޚްތިޔާރު ބަންޑާރަނައިބުގެ
އޮފީހަށް ލިބިގެންވެއެވެ.