ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުޙަލާގައި، އެ ބިލަށް ގެނައުމަށް ބަންޑާރަނައިބުގެ އޮފީހަށް ފެންނަ އިޞްލާޙުތައް 9 ސެޕްޓެންބަރު 2025 ގައި މި އޮފީހުން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
އެގޮތުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް މި އޮފީހުން ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތަފްޞީލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.