ކްލެމެންސީ
ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން
މީހަކު ކުރި ކުށަކާ ގުޅިގެން އެ ކުށެއް މަޢާފުކޮށްދިނުން އެދި ނުވަތަ އަދަބު
ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން،
ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސްއާ
ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާ ދޭނީ، އެ
ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ޤާނޫނު ލާޒިމްކުރާ އެހެން
މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، 11 (އެގާރަ) މެންބަރުން ހިމެނޭ ގޮތުން
ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކްލެމެންސީ ބޯޑުންނެވެ.
އެ
ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކްލެމެންސީ
ބޯޑު ޙަރަކާތްތެރިވާނީ ބަންޑާރަނައިބުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި، މި
ޤާނޫނުގެ ބޭނުމަށްޓަކައި ބަންޑާރަނައިބުކީ އެ ބޯޑުގެ ރައީސްއެވެ.
އަދި
ކްލެމެންސީ ބޯޑުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަމެއް
ފޯރުކޮށްދޭނީ އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.
- އަލްއުސްތާޛު އަޙްމަދު
އުޝާމް (ރައީސް) - އެޓަރނީ ޖެނެރަލް
- އަލްފާޟިލާ ރިޝްމާ ނަސީމް (ނައިބު ރައީސް) - އިޖްތިމާޢީ ދާއިރާ (ފުލްޓައިމް މެންބަރު)
- އަލްފާޟިލް ޙާމިދު އަބޫބަކުރު - ތަޢުލީމީ ދާއިރާގެ ފަރާތުން
- އަލްއުސްތާޛު އިބްރާހީމް ޒާހިދު – ޤާނޫނީ ދާއިރާގެ ފާރާތުން (ފުލްޓައިމް މެންބަރު)
- ޑރ. މުޙައްމަދު ޝާފީޢީ ޢަބްދުލްމުންޢިމް - ޞިއްޙީ ދާއިރާގެ ފަރާތުން
- އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދު – ދީނީ ޢިލްމުގެ ދާއިރާގެ ފަރާތުން
- ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ - ފުލުހުންގެ ދާއިރާ ފަރާތުން
- އަލްއުސްތާޛާ ތަޛްމީނާ މުނީރު - ޝަރުޢީ ދާއިރާގެ ފަރާތުން
- އަލްފާޟިލް އިބްރާހީމް ޝުޖާޢު - ރައްޔިތުންގެ މަޖިލީހުން، އެ މަޖިލީހުގެ މެންބަރުން އައްޔަން ކުރެއްވި މެންބަރު
- އަލްފާޟިލާ ޢަރީޝާ ޙުސައިން – (ފުލްޓައިމް މެންބަރު)
- ފާޠިމަތު ޔާނާ (އެޑްމިނިސްޓްރޭޓިވް
އޮފިސަރ)
- ޢާއިޝަތު ސާނިޔާ (އެޑްމިނިސްޓްރޭޓިވް އޮފިސަރ)
- ޙައްވާ ޝައްފާ އައްޔޫބު (އެޑްމިނިސްޓްރޭޓިވް އޮފިސަރ)
- "މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" ހާޑު ކޮޕީ ނުވަތަ އީމެއިލް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުން
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން "މަޢާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" ކްލެމެންސީ ބޯޑަށް ލިބުން ޙުކުމުގެ ¼ ތަންފީީޛުވެ ނިމިފައިވޭތޯ ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
- ޙުކުމުގެ ¼ ތަންފީީޛުވެ ނިމިފައިވާކަން ކަށަވަރުކުރުމަށްފަހު، އިލްތިމާސް ފޯމު ދިރާސާ ކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ އިދާރާތަކަށް ސިޓީ ފޮނުވުން.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
- ކްރިމިނަލް ކޯޓު
- ޙުކުމްކޮށްފައިވާ ކޯޓު
- ދިވެހިރާއްޖޭގެ ހައިކޯޓު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
- ޑްރަގް ކޯޓު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- މޯލްޑިވްސް ޕޮލިސް ސަރވިސް
- ނޭޝަނަލް ޑްރަގް އޭޖެންސީ
- ޕެރޯލް ބޯޑު
- ގެއްލުން ލިބުނު ފަރާތް
- އިލްތިމާސް ފޯމުތަކާއި ގުޅިގެން ސާފުކުރާ މަޢުލޫމާތުތައް ސާފުކޮށް ނިމުމުން، އިލްތިމާސް ދިރާސާކުރުމަށް އުފައްދާފައިވާ ކޮމިޓީތަކަށް ހަމަހަމަވާ ގޮތަށް، އެ އިލްތިމާސްތައް ދިރާސާކުރުމަށްޓަކައި ކޮމިޓިތަކާ ޙަވާލުކުރުން.
- އިލްތިމާސް ފޯމުތައް ދިރާސާކުރުމުގައި، އިލްތިމާސް ހުށަހެޅި ފަރާތާއި އިންޓަރވިއު ކުރަންޖެހޭކަމަށް، އެ އިލްތިމާސެއް ދިރާސާކުރާ ކޮމިޓީއަކަށް ފެނިއްޖެނަމަ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް އެ ފަރާތަކާ އިންޓަރވިއު ކުރުން.
- އިލްތިމާސް ފޯމުތައް ދިރާސާކުރުމުގައި، ގެއްލުން ލިބުނު ފަރާތާއި ބައްދަލުކުރަންޖެހޭ ޙާލަތެއް އޮތްކަމަށް އެ އިލްތިމާސެއް ދިރާސާކުރާ ކޮމިޓީއަކަށް ފެނިއްޖެނަމަ، އެ ފަރާތަކާ ބައްދަލުކުރުން.
- އިލްތިމާސްތައް ދިރާސާކޮށް، ކޮމިޓީއަށް ފާހަގަކުރެވޭ ކަންތައްތައް ފާހަގަކުރުމަށްފަހު، ބޯޑުން ގޮތެއް ނިންމުމަށްޓަކައި އެ އިލްތިމާސާއި ގުޅޭގޮތުން ކޮމިޓީން ނިންމި ނިންމުން ބޯޑަށް ހުށަހެޅުން.
- ކޮމިޓީތަކުން ދިރާސާކޮށްފައި ބޯޑަށް ހުށަހަޅާ އިލްތިމާސްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ދޭނެ ލަފަޔަކާ ގުޅޭގޮތުން ބޯޑުގެ ޖަލްސާއެއްގައި، ބޯޑުގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށް ގޮތެއް ނިންމުން.
- އިލްތިމާސްތަކާއި ގުޅިގެން ބޯޑުން ގޮތެއް ނިންމުމަށްފަހު، ބޯޑުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުން.