މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 މޭ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި، ބަންޑާރަނައިބުގެ އޮފީހުގައެވެ. އަދި، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން،
މިލިންކް މެދުވެރިކޮށް، 15 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުގެ ދަޢުވަތު ބަންޑާރަނައިބުގެ އޮފީހުން ދެއްވާފައިވެއެވެ.