ޝަކުވާ ހުށަހަޅާ ފޯމު

Complaint Submission Form (1)
ޑައުންލޯޑް ކޮށްލާ (1.11 MB)
ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
  • ފޯމު ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑުގެ ކޮޕީއެއް؛
  • ފޯމު ހުށަހަޅާ ފަރާތަކީ ޙައްޤު ގެއްލިފައިވާ ފަރާތްކަމަށްނުވާނަމަ، ޙައްޤު ގެއްލިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑުގެ ކޮޕީއެއް؛
  • ހުށަހަޅާ ޝަކުވާއާ ގުޅޭ މައްސަލައެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގައި ކުރިއަށްގޮސްފައިވާނަމަ، އަދި އެ މައްސަލައެއް ކޯޓުން ނިންމަވާފައިވާނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ކޮޕީއެއް؛
  • ހުށަހަޅާ ޝަކުވާ އެހެން އިދާރާއަކަށް ހުށަހަޅާފައިވާނަމަ، އެ އިދާރާއަކުން ދީފައިވާ ޖަވާބުގެ ކޮޕީއެއް؛
  • ޝަކުވާއާ ގުޅޭ އެހެނިހެން ލިޔުންތައް.
  • ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިއުންތަކާއެކު ފޯމު ހުށަހަޅުއްވާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ރިސެޕްޝަނަށެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވިދާނެއެވެ.
  • މި މަސައްކަތާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، 3010100 ނުވަތަ 3010101 އާ ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.