ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި، ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާ ގުޅޭ ޝަކުވާތައް ހުށަހެޅުމާއި، އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ "އޮފީސް ފޮރ ސިިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅުމާގުޅޭ ގައިޑްލައިން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޤާނޫނުއަސާސީއާއި
ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި، އެ ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާ ގުޅޭ ޝަކުވާތައް މި އޮފީހަށް ހުށަހަޅާނީ ތިރީގައިވާ ފޯމު މެދުވެރިކޮށެވެ.
ފޯމު ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑުގެ ކޮޕީއެއް؛. ފޯމު ހުށަހަޅާ ފަރާތަކީ ޙައްޤު ގެއްލިފައިވާ ފަރާތްކަމަށްނުވާނަމަ، ޙައްޤު ގެއްލިފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑުގެ ކޮޕީއެއް؛. ހުށަހަޅާ ޝަކުވާއާ ގުޅޭ މައްސަލައެއް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގައި ކުރިއަށްގޮސްފައިވާނަމަ، އަދި އެ މައްސަލައެއް ކޯޓުން ނިންމަވާފައިވާނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ކޮޕީއެއް؛. ހުށަހަޅާ ޝަކުވާ އެހެން އިދާރާއަކަށް ހުށަހަޅާފައިވާނަމަ، އެ އިދާރާއަކުން ދީފައިވާ ޖަވާބުގެ ކޮޕީއެއެް؛