އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރ.އެމް.ޑީ) އަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ތަންފީޛުކުރުމަށާއި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ޒަމާނީ ސިވިލް ސަރވިސްއެއް ޤާއިމްކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށާއި ޕަރމަނަންޓް ސެކްރެޓަރީއަށް އެހީތެރިވެދިނުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.
28 އޮގަސްޓް 2022 އިން ފެށިގެން މި އޮފީހުގެ އެޗް.އާރ.އެމް.ޑީ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
އަލްފާޟިލާ ސުލްޠާނާ ޝާކިރު
ޕަރމަނަންޓް ސެކްރެޓަރީ
އަލްފާޟިލް މުޙައްމަދު މިފްތާޙް
ޑިރެކްޓަރ ޖެނެރަލް
އަލްއުސްތާޛާ އާމިނަތު ޒީނިޔާ
ކައުންސެލް ޖެނެރަލް
އަލްއުސްތާޛާ ޒުލައިޚާ އިބްރާހީމް
ސީނިއަރ ސްޓޭޓް
އެޓަރނީ
އަލްފާޟިލް އިބްރާހިމް ރިޔާޟް
ޑިރެކްޓަރ
އަލްފާޟިލާ ޒޫނާ ނަޞީރު
ޑިރެކްޓަރ
އަލްފާޟިލާ ފާޠިމަތު ސިފާނާ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ޖިންސީ ފުރައްސާރަކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އޮފީހަށް ހުށަހަޅާ ޝަކުވާ ބަލާ ކޮމިޓީ
މި ކޮމިޓީއަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙުޤީޤްކުރުމަށާއި ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެވެ
ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
އަލްއުސްތާޛާ ޙައްވާ ސަނާ
ސީނިއަރ ސްޓޭޓް ކައުންސެލް
އަލްފާޟިލް އިބްރާހީމް ރިޔާޟް
ޑިރެކްޓަރ
އަލްފާޟިލާ ޒޫނާ ނަޞީރު
ޑިރެކްޓަރ
މި ޤާނޫނުގެ ދަށުން، ކޮމިޓީއަށް ޝަކުވާ ހުށަހަޅާނީ ލިޔުމުން ނުވަތަ " އެޓަރނީ ޖެނެރަލްގެ އޮފީހަށް ޢާންމުން ޝަކުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށެވެ. އަދި ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތައް އެންމެ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަސް ތެރޭގައި ބަލައި ނިންމަންވާނެއެވެ.
ކޮމިޓީއާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ އޮފީހުގެ ހިއުމަން ރިސޯސް އެންޑް ޓްރެއިނިންގ ޔުނިޓުގެ ނަންބަރު 3010194 ފޯނާއެވެ. މި ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅުއްވާނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ
[email protected] އީ-މެއިލް އަށެވެ.
މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 18/2016(ޖެންޑަރ އިކުއަލިޓީގެ ޤާނޫނު) ގެ ދަށުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެވެ.
މި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
އަލްއުސްތާޛާ ފާޠިމަތު ޙަލީމް
ކައުންސެލް ޖެނެރަލް
އަލްއުސްތާޛާ ޢާއިޝާ ނަޢީމް
ކައުންސެލް ޖެނެރަލް
އަލްފާޟިލް އިބްރާހީމް ރިޔާޟް
ޑިރެކްޓަރ
މި ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅާނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް މެދުވެރިކޮށް، ބަންދު ސިޓީ އުރައެއްގައި "ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން ހުށަހަޅާ ޝަކުވާ ބަލާ ކޮމިޓީ" އަށް އެޑްރެސްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށެވެ. ނުވަތަ އީ-މެއިލް މެދުވެރިކޮށް
[email protected] އީމެއިލް އެޑްރެހަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު މި
ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. ކޮމިޓީއަށް ހުށަހެޅޭ ޝަކުވާތައް ގިނަވެގެން 30 (ތިރީސް) ދުވަސް ތެރޭގައި ބަލައި ނިންމާނެއެވެ.
ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން އޮފީހަށް ޝަކުވާ ހުށަހެޅުމާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުގެ ނަންބަރު 3010155 ފޯނާއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަން އަލުން މުރާޖަޢާ ކޮށްދިނުމަށް އެދި އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން އެކަމުގެ ޝަކުވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން މި އޮފީހުގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ. ޢާންމު އުސޫލެއްގެ ގޮތުން، މިގޮތަށް ހުށަހެޅޭ ޝަކުވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޓީން ބަލައި ނިންމަންވާނެއެވެ.
އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ފޮނުއްވާނީ
[email protected] އަށެވެ.
މި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
އަލްފާޟިލާ ސުލްޠާނާ ޝާކިރު
ޕަރމަނަންޓް ސެކްރެޓަރީ
އަލްއުސްތާޛާ ފާޠިމަތު ޙަލީމް
ކައުންސެލް ޖެނެރަލް
އަލްއުސްތާޛާ އާމިނަތު ޒީނިޔާ
ކައުންސެލް ޖެނެރަލް